ހިޔާނާތުގެ މައްސަލާގައި ނަޖީބް ރައްޒާގަށް އަނެއްކާ ވެސް 15 އަހަރުގެ ޖަލު ހުކުމެއް
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 6:58
މެލޭޝިއާގެ ނުފޫޒުގަދަ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މެލޭޝިއާގެ ހައި ކޯޓުން ނަޖީބު 15 އަހަރަށް ޖަަލަށްލުމަށާއި 2.8 ބިލިއަން ޑޮލަރުން ޖޫރިމަނާކުރަން ހުކުމްކުރީ 1 އެމްޑީބީ ހިޔާނާތުގައި އޭނާއާ ދެކޮޅަށް ކުރި އިތުރު ދައުވާތަކެއް ސާބިތުވެގެންނެވެ.
ނަޖީބްގެ ވެރިކަމުގައި އުފެއްދި 1 މެލޭޝިއާ ޑިވެލޮޕްމެންޓް ބަރްހާދު (1އެމްޑީބީ) މެދުވެރިކޮށް ހިންގި ހިޔާނާތުގައި އެ ގައުމުގެ ބައިތުލްމާލުން ޖުމްލަ 4.8 ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް މެލޭޝިއާގެ ތަހުގީގީ އިދާރާތަކުން ބުނެ އެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކުރީ ނަޖީބް، 72، ގެ އެކައުންޓަށް ކަން ތަހުގީގުތަކުން ވަނީ އެނގިފަ އެވެ.