ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އިންޖިިނިއަރިން ކިޔަވަން ސްކޮލާޝިޕް ދެނީ
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 3:58
ރާއްޖޭގެ އިންޖިނިއަރިން ދާއިރާއިން ފަންނީ ހުނަރުވެރިން ބިނާކުރުމަށްޓަކައި، ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ. އަދި އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒް އަބްދުލްހަކީމެވެ.
ވިލާ ކޮލެޖުން ބުނީ އެ އެއްބަސްވުމަކީ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ވިލާ ކޮލެޖުގައި އިންޖިނިއަރިން ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކޮލާޝިޕް ފުރުސަތު ދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ ސްކޮލާޝިޕް ޕްރޮގްރާމް ހިންގައި ބެލެހެއްޓުމުގެ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރާނެ ކަމަށް ވެސް ބުންޏެވެ.