ސަލްމާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް އާ ފިލްމުގެ ޓީޒާއެއް
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 7:13
ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް އޭނާގެ އާ ފިލްމު "ބެޓުލް އޮފް ގަލްވާން"ގެ ޓީޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
ސަލްމާން އަށް 60 އަހަރު ފުރުނީ އިއްޔެ އެވެ. އުފަންދުވަސް ފާހަގަކުރުމަށް އާއިލާއާ އެކު އޭނާ ވަނީ ގޭގައި ޕާޓީއެއް ވެސް ބާއްވައިފަ އެވެ.
ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސްކުރާ "ބެޓުލް އޮފް ގަލްވާން"ގެ މިނެޓަކާއި 12 ސިކުންތުގެ ޓީޒާއިން އެނގޭ ގޮތުގައި، އެ ފިލްމުގައި ސަލްމާން ކުޅެނީ އިންޑިއާގެ ސިފައިންގެ މީހެއް ރޯލެވެ.