"ދުރިޝްޔަމް 3"ގެ ރޯލު ދޫކޮށްލުމުން އަކްޝޭ ކަންނާ އަށް ދައުވާކުރަނީ

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 7:44

ބޮލީވުޑްގެ ތުރިލާ ފިލްމު ސީރީޒް "ދުރިޝްޔަމް"ގައި އަކްޝޭ ކަންނާ ކުޅޭ ފުލުހެއްގެ ރޯލު، ތިންވަނަ ފިލްމުގައި ނުކުޅެން ނިންމުމުން އޭނާއާ ދެކޮޅަށް ދައުވާކުރަން ޕްރޮޑިއުސަރު ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ދުރިޝްޔަމް"ގެ ޕްރޮޑިއުސަރު ކުމާރް މަންގަތު ޕާޓަކް މިހާރު ވަނީ އެ މައްސަލާގައި އަކްޝޭ އަށް ދައުވާކުރަން ނިންމައިފަ އެވެ.

ބައެއް ނޫސްތަކުގައި ޕްރޮޑިއުސަރާ ހަވާލާދީ ބުނީ އަކްޝޭ "ދުރިޝްޔަމް 3"ގައި މަސައްކަތްކުރަން އެއްބަސްވެ، އެޑްވާންސް ޕޭމަންޓު ވެސް ނަގާފައިވާ ކަމަށެވެ. އެކަމަކު، އެއްވެސް ސަބަބެއް ބަޔާން ނުކޮށް އެ ފިލްމު ދޫކޮށްލަން ނިންމާ ޓެކްސްޓު މެސެޖަކުން ފިލްމުގެ ޕްރޮޑިއުސަރަށް އަކްޝޭ އެކަން އަންގާފައިވާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް