ވައްކަމެއްގެ ތުހުމަތުގައި މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 7:52
ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް، އެ މީހާ މޫދަށް އެއްލާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ފުލުހުން މިއަދު ބުނި ގޮތުގައި، ބ. ހިތާދޫ، އަންދަލީބުގޭ، އަހުމަދު ޝަރީފް، 50 އާއި ލ. އިސްދޫ، ބްލޫކިޔާގެ، އަހުމަދު ހާތިމް، 49، އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.