އެމްޑީޕީގެ ޕްރައިމަރީގެ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް ނެރެފި
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 9:57
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު މިއަދު ނެރެފި އެވެ.
އިދިކޮޅު ޕާޓީން އަންނަނީ، ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޓިކެޓު ލިބޭނެ ކެންޑިޑޭޓުން ހޮވަން އަންނަ މަހުގެ 16 ގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެހެންވެ، ކެންޑިޑޭޓުންގެ ނަންބަރާ އެކު، ޕްރައިމަރީގައި ވާދަކުރާ މީހުންގެ ދާއިމީ ލިސްޓު އެމްޑީޕީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.