އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ބެލުމުގެ ސުވާލެއް ހިމަނާފައެއް ނުވާނެ: އެޗްއާރުސީއެމް
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 2:14
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްްއާރުސީއެމް) އިން ކުރި އެއްވެސް ދިރާސާއެއްގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ބެލުމުގެ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ.
އެޗްއާރުސީއެމާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކަކަށް ރައްދުދީ، ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ މަސައްކަތްތައް ބިނާވަނީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ އިން ސޮއިކޮށް އަމަލުކުރަމުން އަންނަ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"މި ކޮމިޝަންގެ ފަރާތުން އިސްވެ ދެންނެވުނު ހާލަތާ ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.