ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި "ބޮޑު ދިރާސާއެއް" ހަދައިފި!
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 2:23
އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި ފަރުވާދިނުމަށް ނުވަތަ ޅެންތަކުގެ ޒަރީއާ އިން ފަރުވާ ދިނުމުގެ ދިރާސާއެއް ހަދާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ. '
މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާއެއް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ހައްދަވާފައިވާ ކަމަށެވެ.
އެއީ ވަރަށް ބޮޑު ދިރާސާއެއް ކަމަށާއި އެ ދިރާސާ އޭނާ އަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.