ހެރިޓޭޖުގެ ދާއިރާ އިން ރާއްޖޭގައި ކިޔަވަން 50 ސްކޮލަޝިޕް ދެނީ
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 2:50
ހެރިޓޭޖުގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ރާއްޖޭގައި ކިޔެވުމަށްޓަކައި ސަރުކާރުން 50 ސްކޮލަޝިޕްގެ ފުރުސަތު ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ހެރިޓޭޖުގެ ދާއިރާގެ މަތީ ތައުލީމުގެ ކޯސް ފަށައިގަތުމުގެ ތަމްރީނުތައް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އަދި އެ ކޯސްތައް އަންނަ ޖެނުއަރީ މަހު އިސްލާމިކް ޔުނިވާސިޓީގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.