ބޯ ވާރެ އާއި ގަދަ ފިނީގެ ސަބަބުން ޣައްޒާ ރައްޔިތުންނަށް ބޮޑު ވޭނެއް

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 9:43

އިޒްރޭލުން މެދުނުކެނޑި ބޮން އަޅައި މުޅިން ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާގައި ނިކަމެތި ހާލުގައި ތިބި ފަލަސްތީނު މީހުންނަށް، ބޯ ވާރެ އާއި ގަދަ ފިނީގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެއްޖެ އެވެ.

މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ ލައިތު އަލް އައްލާމީ ތުރުކީގެ އަނަޑޮލޫ ނޫސް އެޖެންސީއަށް ވިދާޅުވެފައިވާ ގޮތުގައި ފިނިމޫސުމުގެ ކޮޅިގަނޑެއްގެ ސަބަބުން އިއްޔެ ޣައްޒާ އަށް ބޯކޮޮށް ވާރޭ ވެހި ފެންބޮޑުވި އެވެ.

މިއީ މި އަހަރުގެ ފިނި މޫސުމުގައި ޣައްޒާ އަށް ކުރިމަތިވި މިފަދަ ތިން ވަނަ ކޮޅިގަނޑެވެ. އޭގެ ހަތަރުވަނަ ކޮޅިގަނޑެއްގެ އަސަރު އަންނަ ހޯމަދުވަހުން ފެށިގެން ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް