ހަމާސް އަށް ފަންޑު ހޯދައިދޭ ކަމުގެ ތުހުމަތަށް އިޓަލީން ހަތް މީހަކު ހައްޔަރުކޮށްފި

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 9:11

ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތަށް ފަންޑު ހޯދައިދޭ ކަމަށް ތުހުމަތުކޮށް، އިޓަލީން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

އެ ގައުމުގެ ފުލުހުން ބުނީ، މިކަމުގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ގައުމުން ބޭރުގައި އުޅޭތީ، ބައިނަލްއަގުވާމީ އިދާރާތައް މެދުވެރިކޮށް އެ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި ވަކާލުކުރާ ތިން ޖަމިއްޔާއެއްގެ މީހުން ވެސް ހިމެނޭއިރު، އެ ޖަމިއްޔާތަށް ބޭނުންކުރަނީ، ހަމާސް އަށް ފަންޑު ހޯދައިދޭން ކަމަށް އިޓަލީން ތުހުމަތު ކުރެ އެވެ.

މައުޟޫޢުތަށް