ޒެލެންސްކީ ހުންނެވީ ސުލްހައިގެ އާ ހުށަހެޅުންތަކަށް ޓްރަމްޕްގެ ރުހުން ހޯއްދެވުމުގެ އުއްމީދުގައި
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 10:06
ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރޭނުން އެކުލަވާލާފައިވާ އާ ހުށަހެޅުންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މިއަދު ބާއްވާ ބައްދަލުވުމުގައި އެމެރިކާގެ ރުހުން ހޯދުމުގެ މަސައްކަތް ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި ޔޫކްރޭނުގެ މަންދޫބުންގެ މެދުގައި ކުރި ދިގު މަޝްވަރާތަކަށް ފަހު، ހަނގުރާމަ ނިންމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ޔޫކްރޭނުން ވަނީ ހުށަހަޅައިފަ އެވެ.
ޓްރަމްޕާ ބައްދަލުކުރައްވަން އެމެރިކާ އަށް ވަޑައިގެންނެވި ދަތުރުގައި، ކެނެޑާގައި ޓްރާންސިޓް ކުރެއްވުމަށް ފަހު، ޒެލެންސްކީ ނޫސްވެރިންނަށް ވިދާޅުވީ، ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.