ހުޅުމާލެ 3 އަވަސްކޮށް 47 ހެކްޓަރުގެ ބިން ހިއްކައިފި

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 10:52

މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 74 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ނިމިފައި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 74 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.

މައުޟޫޢުތަށް