ވެލާނާ އެއާޕޯޓަށް މިއަދު ވަރަށް ބާރު ބޮޑު، 22،000 ފަސިންޖަރުންނަށް ހިދުމަތްދޭނެ
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 10:56
އާ ޓާމިނަލް ހުޅުވި ފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހުގެ އިތުރުން މިއަދަކީ އެ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަހަށް ވާނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެ އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، މިއީ މި އަހަރުގެ ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވި ފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހުގެ އިތުރުން، އެ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށެވެ. ގާތްގަނޑަކަށް 11،035 ފަސިންޖަރުން މިއަދު ފުރާއިރު 11،107 ފަސިންޖަރުންނަށް އަންނާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ޝަރީފް ވިދާޅުވި އެވެ.