ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 11:24
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
އެ ކުންފުންޏަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިޔަފާރި ހިންގާ ކުންފުންޏެއް ކަމަށް ވެ އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.