ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފިޔަވަޅުތައް ޖެނުއަރީ މަހުން ފެށިގެން ތައާރަފު ކުރަނީ

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 1:41

މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް މުޅި ސަރުކާރުން ހާއްސަ ލުއިތަކެއް ލިބޭ ދެ އަހަރު ކަމަށް

ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި ތައާރަފްކުރާ ކަންތައްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށާއި ވިޔަފާރިތައް ކުރިއަރުވަން އަޅާ ހާއްސަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެ އަހަރު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަަށެވެ.

މައުޟޫޢުތަށް