ހޯރަފުށީ އެއާޕޯޓުގެ އޮފީސް ފަޅާލައި ކާގޯ ފޮށިތަކެއް ވަގަށް ނަގައިފި

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 2:04

ހއ. ހޯރަފުށީ އެއާޕޯޓުގައި ހުންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީސް ފަޅާލައި އެ ތަނުން މިއަދު ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ހޯރަފުށީގެ މޯލްޑިވިއަން އެއާލައިންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ރޭ ފަތިހު ހަތަރެއް ޖަހަނިކޮށް ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައި ވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް