ޅެމުން ފަރުވާ ދޭ ދިރާސާ ހެދީ ހެލްތުގެ ގަވައިދާ ހިލާފަށް
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 11:21
ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޮޑު ދިރާސާއެއް ހަދައި ދިވެހި ބަހާ ސަގާފަތާ ބެހޭ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާ ހެއްދެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ކަމަށެވެ. މި ނޫން ވެސް ދިރާސާތައް އެކަމާ ގުޅިގެން ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ ދިރާސާ ހަދާފައި އޮތީ އެފަދަ ކަންކަމުގައި އަމަލުކުރަން އޮންނަ ހެލްތު މިނިސްޓްރީގެ ގައިޑްލައިނާ ހިލާފަށެވެ.