ތިލަމާލެ ބްރިޖްގެ މަސަައްކަތް އަވަސްކުރަން އިންޑިއާ ސަރުކާރާ އެބަ ވާހަކަ ދައްކަން: މުއްތަލިބު
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 3:37
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރުން އެދޭ ވަރަށް ވުރެ މާ ލަސްކޮށް ކަމަށާއި އެ މަަސައްކަތް އަވަސްކުރަން ކޮންޓްރެކްޓަރާއި އިންޑިއާގެ ސަރުކާރާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއްތަލިބު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އިން އަޅަމުން އަންނަ ބްރިޖު މަސައްކަތުގެ ސްޕީޑަށް ބަލާއިރު ކުރިން ކަނޑައެޅި ތާރީހަށް ނުނިމޭނެ ކަމަށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިންމަން އެންމެ ފަހުން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށެވެ.