މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކުން މައްސަލައެއް ނެތް: މުއްތަލިބު
މިހާރު
28 ޑިސެމްބަރު 2025 | އާދިއްތަ | 4:14
ރަށްރަށުގައި ހިލޭ ގޯތި ދޫކުރެވޭ ނަމަ، އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމުގައި މައްސަލައެއް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އޮތް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މަޖިލީހުގައި މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވުމަށް ފަހު އެވެ.
މަޖިލީހުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މުއްތަލިބު ވިދާޅުވީ ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވެދާނެ ކަމަށާއި އެހެންވެ، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަކީ މުހިންމު ކަމަށެވެ.