ޝަރުތު ހަމަނުވާތީ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލި: މުއްތަލިބު

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 4:43

ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކުރި ފްލެޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނުނަސް އަސާސީ ޝަރުތު ހަމަނުވާ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މުއްތަލިބު ވިދާޅުވީ، ލިސްޓު ރިވިއު ކުރިއިރު އަސާސީ ޝަރުތު ފުރިހަމަނުވާ މީހުންގެ އަތުން ނޫނީ ފްލެޓު އަތުނުލާ ކަމަށެވެ. އަދި ޝަރުތު ހަމަވާކަން ސާބިތުކުރަން ފުރުސަތު ދިނުމަށްފަހު ނޫނީ ފްލެޓު ލިސްޓުން ނަން އުނިކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސާސީ ޝަރުތެއް ހަމަވެގެން ނޫން ގޮތަކަށް އެއްވެސް މީހެއްގެ އަތުން ކެންސަލްކޮށްފައެއް ނޯންނާނެ." މުއްތަލިބު ވިދާޅުވި އެވެ.

މައުޟޫޢުތަށް