ކުލި ކަނޑައެޅުމުގައި ރަނގަޅު ގޮތަކީ މީހާގެ ހާލަތަށް ބެލުން: މުއްތަލިބް

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 5:09

ސޯޝަލް ހައުސިންގެ ދަށުން ދޭ ފްލެޓުތަކުގެ ކުލި ކަނޑައެޅުމުގައި އެންމެ ރަނގަޅު ގޮތަކީ ފްލެޓް ލިބޭ ކޮންމެ މީހެއްގެ ހާލަތަށް ބަަލައިގެން ކުލީގެ އަގު ހަމަޖެއްސުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއްތަލިބް ވިދާޅުވީ ރާއްޖޭގައި މިހާރު ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ކަނޑައަޅަނީ "ބްލެންކެޓުކޮށް" ނުވަތަ އެންމެންނަށް އެއް އުސޫލަކުން އެއް އަގެއްގައި ކަމަށެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ދިން ޖަވާބު މުއްތަލިބް ވިދާޅުވީ "ބްލެންކެޓުކޮށް" ސޯޝަލް ހައުސިން ޔުނިޓުތަކުގެ އަގު ކަނޑައެޅުމަކީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް