ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ޑްރަގް އެތެރެކުރި މައްސަލަ: ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު އާންމުކޮށްފި

މިހާރު

28 ޑިސެމްބަރު 2025 | އާދިއްތަ | 6:31

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންގެ މައުލޫމާތު އަދި ފޮޓޯ ފުލުހުން ދެންމެ އާންމުކޮށްފި އެވެ.

އެއީ ފުލުހުން މީޑީއާއާ ހިއްސކުރި މައުލޫމާތުގައިވާ ގޮތުން ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 އާއި ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް ފަސް ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް