ރަންބީރާއި ދީޕިކާ އެކުގައި ފިލްމެއް ކުޅެން އުޅޭއިރު ރަންވީރާއި އާލިއާ ވެސް އެކުގައި އިތުރު ފިލްމެއް ކުޅެނީ
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 7:31
ކުރީގެ ލޯބިވެރިން ކަމަށްވާ ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރް 10 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމާފައި ވަނިކޮށް، އެމީހުންގެ ބައިވެރިން ކަމަށްވާ ރަންވީރު ސިންގާއި އާލިއާ ބަޓް ވެސް އެކުގައި އާ ފިލްމެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "މިޑް-ޑޭ"ގެ ރިޕޯޓެއްގައި ބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރުގެ ފިލްމު "ދުރަންދަރު"ގެ ކާމިޔާބީއަށް ފަހު "ޑޮން 3" ނުކުޅެން އޭނާ ނިންމާފައިވާ ކަމަށެވެ. އެހެންވެ، "ދުރަންދަރު"ގެ ދެވަނަ ބައިގެ މަސައްކަތްތައް ނިންމުމަށް ފަހު އޭނާ ދެން ސަމާލުކަން ދޭނީ ޒޮމްބީ ތުރިލާ ފިލްމެއް ކަމަށްވާ "ޕްރާލޭ"އަށް ކަމަށް އެ ނޫހުގައި ބުންޏެވެ.
އެ ފިލްމުގައި ރަންވީރާ އެކު ލީޑް ރޯލު ކުޅޭނީ އާލިއާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.