އާލިއާގެ "އަލްފާ" އަނެއްކާވެސް ފަސްކޮށްފި

މިހާރު

29 ޑިސެމްބަރު 2025 | ހޯމަ | 7:36

ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ އާ ފިލްމު "އަލްފާ" ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަންނަ އަހަރު އެޕްރީލް މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައިވާ އެ ފިލްމު މިފަހަރު ފަސްކުރީ ސަލްމާން ޚާންގެ "ބެޓުލް އޮފް ގަލްވާން"އާ އެއް ދުވަހެއްގައި ރިލީޒް ނުކުރުމަށެވެ.

މިފަހަރު ފިލްމު ފަސްކުރީ ވަކި ތާރީޚެއް ވެސް ނެތް ގޮތަށެވެ. އެކަމަކު، އަންނަ އަހަރުގެ ފަހުކޮޅު އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މައުޟޫޢުތަށް