ސޯމާލީލޭންޑު އިޒްރޭލުން ބަލައިގަތުމާ އެކު ހޫތީންގެ ވަރުގަދަ އިންޒާރެއް

މިހާރު

29 ޑިސެމްބަރު 2025 | ހޯމަ | 9:39

ސޯމާލިޔާގެ ބައެއްގައި 1991 ވަނަ އަަހަރުން ފެށިގެން އިއުލާނު ކޮށްގެން އުޅޭ ވަކި "ދައުލަތެއް" ކަމަށްވާ ސޯމާލީ ލޭންޑް އެއީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެ، އެފްރިކާ އަށް ހަންފަތުރަން އިޒްރޭލުން ކުރާ މަސައްކަތާ ދެކޮޅަށް ޔަމަނުގެ ހޫތީން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ޔަމަނުގެ ބޮޑު ބައެެއްގައި ވެރިކަންކުރާ ހޫތީންގެ ލީޑަރު ނެރުނު ބަޔާނެއްގައި ބުނީ ސޯމާލީލޭންޑްގައި އިޒްރޭލުން އެއްވެސް ގޮތަކަށް ގާއިމްވެއްޖެ ނަމަ އެއީ އަސްކަރީ އަމާޒެއް ކަމަށް ބަލާނެ ކަމަށެވެ. އެގޮތަށް ބަލަނީ އިޒްރޭލުގެ އެ އަމަލަކީ ސޯމާލިއާ އާއި ޔަމަނާ އަދާވާތްތެރިވުން ކަމަށް ވާތީ އާއި އެއީ ސަރަހައްދުގެ ސަލާމަތަަށް އޮތް ނުރައްކަލަކަށް ވާތީ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އިޒްރޭލުން ސޯމާލީލޭންޑުގައި އެއްވެސް ގޮތަކަށް ގާއިމްވެއްޖެ ނަމަ އަހަރެމެން ބަލާނީ އެއީ އަހަރެމެންގެ ހަތިޔާރު އެޅި ބާރުތަކުގެ އަމާޒުފަތްގަނޑެއް ކަަމަށް. އެއީ [އިޒްރޭލުގެ އެ އަމަލަކީ] ސޯމާލިއާއި ޔަމަނާ އަދާވާތްތެރިވުން ކަމަށް ވާތީ. އަދި އެއީ ސަރަހައްދުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވާތީ،" ހޫތީންގެ ލީޑަރު އަބްދުލް މަލިކު އަލް ހޫތީ ނެރުނު ބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް