ޔޫކްރޭނުގެ ހުށަހެޅުންތައް ޓްރަމްޕަށް ކަމުދޭ، އެކަމަކު ސަރަހައްދު ކަނޑައެޅުމާ މެދު ދެބަސްވުން

މިހާރު

29 ޑިސެމްބަރު 2025 | ހޯމަ | 9:57

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރޭނުން އެކުލަވާލާފައިވާ ސުލްހައިގެ އޮނިގަނޑުގައި ހިމަނާފައިވާ ނުކުތާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަޖެހިވަޑައިގަތަސް ސަރަހައްދު ކަނޑައެޅުމާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.

އެމެރިކާ އާއި ޔޫކްރޭނުގެ މަންދޫބުންގެ މެދުގައި ކުރި ދިގު މަޝްވަރާތަކަށް ފަހު، ހަނގުރާމަ ނިންމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ޔޫކްރޭނުން ވަނީ ހުށަހަޅައިފަ އެވެ.

އެ އޮނިގަނޑަށް އެމެރިކާގެ ރުހުން ހޯދުމަށް، ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ އެމެރިކާގެ ފްލޮރިޑާއަށް ވަޑައިގެން، ޓްރަމްޕާ ބައްދަލުކުރައްވައިފަ އެވެ.

މައުޟޫޢުތަށް