ޕީއެސްއައިޕީގެ ތެރެއިން ޕޮލިސް ސްޓޭޝަންތަކަށް 80 މިލިއަން
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 9:44
ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފުލުހުންގެ އިމާރާތްތަކާއި ސްޓޭޝަންތައް އެޅުމަށް 80 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ނެޝަނަލް ސެކިއުރިޓީ އާއި ޕަބްލިކް އޯޑާއާ ގުޅޭ މަޝްރޫއުތަކަށް ޕީއެސްއައިޕީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ފުލުހުންގެ އިދާރާއަށެވެ.
ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ ކޯޓު އިމާރާތްތައް އެޅުމަށެވެ. އެފަދަ މަޝްރޫއޫއުތަކަށް 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.