ސޮމާލީލޭންޑާ ގުޅުވައި ހޫތީންގެ އިންޒާރެއް އިޒްރޭލަށް
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 10:44
ސޮމާލިޔާއިން ވަކިވެގެންފައިވާ ސޮމާލީލޭންޑުގައި އިޒްރޭލުން ގާއިމުވެއްޖެނަމަ، ހަމަލާގެ އަމާޒަކަށް ވާނެކަމުގެ އިންޒާރު ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ޖަމާއަތުން ދީފި އެވެ.
ސޮމާލިޔާގެ އުތުރުގައި އޮންނަ ސޮމާލީލޭންޑަކީ 1991 ވަނަ އަހަރު ސޮމާލިޔާގެ މައި ސަރުކާރު ވެއްޓުމާއެކު ވަކިވެގަނެ، އަމިއްލަ ވެރިކަމެއް ކުރަމުންދާ ސަރަހައްދެކެވެ.
ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ. ނަމަވެސް، އިޒްރޭލުން ވަނީ މިދިޔަ ހަފްތާގައި ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އެވެ.