ނޭޕާލް މުބާރާތަށް ރާއްޖެގެ ތައްޔާރީ: ޓްރޭނިން މެޗުގައި ލަންކާގެ ޔުނިވަސިޓީ ޓީމު އަތުން މޮޅު!
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 11:34
ނޭޕާލްގައި އަންނަ މަހު ބާއްވާ މުބާރާތައް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން، ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ލަންކާގެ ޔުނިވަސިޓީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފި އެވެ.
ނޭޕާލުގައި އަންނަ މަހު ބާއްވާ ޓައިގާ ކަޕް އިންވިޓޭޝަނަލް ކްލަބް މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ބައިވެރިކުރުމަށް، ވީއޭއެމުން ވަނީ ނިންމައިފަ އެވެ.
ހަތް ޓީމަކުން ވާދަކުރާ އެ މުބާރާތުގައި ދެން ވާދަކުރަނީ ނޭޕާލްގެ ޕޮލިސް ކްލަބާއި، އާމީ ކްލަބް، އާމްޑް ޕޮލިސް ފޯސް ކްލަބް، ނޭޕާލްގެ ގަންޑަކީ ޕްރޮވިންސްގެ ވޮލީ ޓީމު އަދި އެ ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ޕަރަބަތުގެ ވޮލީ ޓީމުގެ ގެ އިތުރުން އިންޑިއާގެ ގުޖްރާތުގެ ޓީމެކެވެ.