ރެންޓް ޓު އޯން މޮޑެލް: ކުރިމަތިލެވޭނީ 60،000 އަށް ވުރެ ދަށް އާމްދަނީ ލިބޭ މީހުންނަށް
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 12:18
ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ރެންޓް ޓު އޯން ނުވަތަ މަހުން މަހަށް ފައިސާ ދައްކަން ޖެހޭ އުސޫލުން ފްލެޓަށް ކުރިމަތި ލެވޭނީ އާމްދަނީ 60،000ރ. އަށް ވުރެ މަދުން ލިބޭ މީހުންނަށް ކަމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައި ބުނެފި އެވެ.
މިއީ، ބޯހިޔާވަހިކަމެއް ގަތުމުގެ ތަަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހުޅުވާލާ ކެޓަގަރީ ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މޮޑެލް އެވެ.
ހައުސިން މިނިސްޓްރީން އާންމު ކުރި އެ އުސޫލުގައިވާ ގޮތުން ފްލެޓްގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިންމުމުން ބޯހިޔާވަހިކަން ލިބުނު މީހާ އަށް އެ ތަން މިލްކު ކުރެވޭނީ އާމްދަނީ ވަކި މިންގަނޑަކަށް ވުރެ ދަށް މީހުންނަށެވެ.