ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެ މުއްދަތު މެދުނުކެނޑޭނެ ހާލަތްތައް ސާފުކޮށްދީފި
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 1:41
ސޯޝަލް ހައުސިން ސްކީމަށް ކުރިމަތިލެވޭ އަސާސީ އެއް ޝަރުތު ކަމަށްވާ މާލެ ސަރަހައްދުގައި ދިރިއުޅުނު މުއްދަތު މެދުނުކެނޑޭ ހާލަތްތައް ހައުސިން މިނިސްޓްރީން ސާފުކޮށްދީފި އެވެ.
އެ މިނިސްޓްރީން ރޭ އާއްމުކުރި އާ އުސޫލުގައި ބުނާގޮތުން ފްލެޓާއި ގޯއްޗަށް ވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި އަމިއްލަ ނަމުގައި ގޯއްޗެއް/ފްލެޓެއް ނެތް މީހުންނަށެވެ.
ހުޅުމާލެއިން އެންމެ ފަހުން ފްލެޓު ދޫކުރިއިރު ވެސް އަސާސީ އެއް ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ 15 އަހަރުވުމެވެ. އެކަމަކު، އޭރު އެކަން އިތުރަށް ތަފްސީލުކޮށްފައި ނެތުމުން އިތުރު މައްސަލަތައް ދިމާވި އެވެ.