އޮލްޑާންބާގާގެ ގާނާފައި ހުރި މޮޒެރެއްލާ ޗީޒް ހެޕީމާކެޓުން ވިއްކަނީ
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 1:11
ހެޕީ މާކެޓުން ރާއްޖޭގެ މާކެޓަށް އޮލްޑަންބާގާ ބްރޭންޑުގެ ގްރޭޓަޑް (ގާނާފައިހުރި) މޮޒެރެއްލާ ޗީޒް ތައާރަފްކޮށްފި އެވެ.
ހެޕީ މާކެޓުން ބުނީ އާއްމު ފަރާތްތަކާއި ރެސްޓޯރަންޓުތަކާއި ޕްރޮފެޝަނަލް ބަދިގެތަކަށް ހާއްސަކޮށް، ދެ ސައިޒެއްގެ ގްރޭޓަޑް މޮޒެރެއްލާ ޗީޒް ޕެކެޓު ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން 500 ގްރާމްގެ ޕެކެޓާއި އެއް ކިލޯގެ ޕެކެޓް ވަނީ ތައާރަފްކޮށްފަ އެވެ.
އޯލްޑަންބާގާއަކީ ކޮލެޓީ ރަނގަޅު ކިރުގެ އުފެއްދުންތައް ވިއްކުމުގައި މަޝްހޫރު ބްރޭންޑެކެވެ. އެ ބްރޭންޑުގެ ގްރޭޓަޑް މޮޒެރެއްލާ ޗީޒަކީ ކާބޯތަކެތި ތައްޔާރުކުރަން ބޭނުން ކުރެވޭނެ އެއްޗެކެވެ. އަދި އެއީ ލަޒާނިޔާ އާއި ބޭކްޑް ޕާސްތާ އާއި ޕިއްޒާ ފަދަ ތަކެތި ބޭކް ކުރުމުގައި ވެސް ބޭނުން ކުރެވޭނެ ޗީޒެކެވެ. މި ޗީޒަކީ 45 ޕަސެންޓު ފެޓްސް ހިމެނޭ ކްރީމީ، އަދި އެއްވަރަކަށް ރޯފިލާ އަދި ފަސޭހައިން ވިރުވާލެވޭ ޒީޗަކަށް ވުމުން އެއީ ކެފޭ ަދި ރެސްޓޯރަންޓުތަކުގެ ބޭނުންތަކަށް ވެސް އެންމެ އެކަށޭނެ ޗީޒެއް ކަމަށް ހެޕީ މާކެޓުން ބުންޏެވެ.