ފްލެޓު/ގޯތީގެ އުސޫލަށް ގެނައީ އާއްމުން ބޭނުންވި މުހިއްމު ތިން ބަދަލެއް
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 3:28
އުސޫލަށް ބަދަލުތައް ގެނައި ނަމަވެސް، ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުން އަދިވެސް އެންމެ އިސްކަމެއް ދޭނީ އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ފްލެޓާއި ގޯތި ދިނުމަށް ކަމަށް.
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި މި ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވާނީ އާއްމުން ބޭނުންވި މުހިއްމު ތިން ބަދަލެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދޭ އާ އުސޫލެއް ހަދައި މިއަދު އާންމުކުރީ ހައުސިން މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އާންމުކުރި އުސޫލު އިސްލާހު ކުރުމަށް ފަހުގަ އެވެ.