އަނިޔާ ލިބޭ މީހުންނަށް ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ އަޅަނީ

މިހާރު

29 ޑިސެމްބަރު 2025 | ހޯމަ | 2:31

ގެވެށި އަނިޔާ ލިބޭ މީހުން ވަގުތީ ގޮތުން ބައިތިއްބާނެ "ޑޮމެސްޓިކް ވައިލަންސް ޝެލްޓާ" ތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުޖުތައުގެ ތެރޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އަންހެނުންނަށް ފުރައްސާރަ ކުރުމުގެ ކަންކަން ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.

އެކަންކަން ހައްލުކުރަން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް