ބީއެމްއެލް އެފޯޑަބަލް އިން 2،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް ޖެނުއަރީގައި ފަށަނީ
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 7:42
އިތުރު ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ އެކު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނި. އޭރު އަގުހެޔޮ 3،000 އަށް ވުރެ ގިނަ ފްލެޓުގެ މަސައްކަތް ޖެނުއަރީގައި ފަށާނެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށް، އަންނަ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަން ނިންމައިފި އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލް އިން އުފެއްދި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.