ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ވެރިފަރާތާ ހަވާލުކޮށްފި
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 9:24
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރެގެން ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯ ކުރަން ސަރުކާރުގެ އެކި ކުންފުނިތަކާ ގުޅިގެން ފުލުހުން މަސައްކަތް ފެށީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެގޮތުން ޓޯކުރީ މަގުމަތީގައި ގަވާއިދާ ހިލާފަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތަކެވެ.
ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި މާލެ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި 787 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.