އަގުހެޔޮ ފްލެޓު އިމާރާތްކުރަން ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރަން ވަނީ ނިންމާފައި: ބީއެމްއެލް

މިހާރު

29 ޑިސެމްބަރު 2025 | ހޯމަ | 9:53

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަގުހެޔޮ ފްލެޓު އިމާރާތް ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް މަސައްކަތް ހަވާލު ކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން މިރޭ ބުނެފި އެވެ.

​​​މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލް އިން އުފެއްދި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ފުރަތަމަ ހައުސިން މަޝްރޫއު މިއަދު ވަނީ ޗައިނާގެ މަޝްހޫރު ދެ ކުންފުންޏަކާ ހަވާލުކޮށް، އަންނަ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަން ނިންމައިފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ އަގުހެޔޮ ފްލެޓުގެ ދެ މަޝްރޫއު ހަވާލުކުރީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.

މައުޟޫޢުތަށް