ދެބެއިންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްކޮށްލައިފި
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 11:06
މާލޭގައި ދެބެއިންގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ މާލޭ ގެއެއްގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.