ޗައިނާއާ ދެކޮޅަށް ޓައިވާނަށް ވާގިވެރިވާތީ ރާއްޖޭގެ ކަންބޮޑުވުން
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 10:28
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބަލައި ނުގަންނަ ގައުމުތަކުން އެ ވިސްނުމުގައި ޓައިވާނަށް ވާގިވެރިވާތީ ރާއްޖޭން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓައިވާނަކީ ޗައިނާގެ މުހިއްމު ބައެއް ކަމަށާއި ޗައިނާގެ ހުރިހާ ސަރަހައްދެއްގެ ސިޔާދަތީ ބާރު އޮތީ ޗައިނާ ސަރުކާރަށް ކަމަށް ގަބޫލުކުރާ "ވަން ޗައިނާ" ސިޔާސަތު ރާއްޖޭން ވަރުގަދަ އަށް ދަމަހައްޓާ ކަމަށެވެ.
ރާއްޖޭން ޗައިނާއާ އެކު 1972 ވަނަ އަަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން މިއަދާ ހަމައަށް ވެސް ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތު ކަމަށާއި އެއީ ގައުމުތަކުގެ ސިޔާދަތަށް ރާއްޖޭން ކުރާ އިހުތިރާމް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.