ޕުޓިންގެ ގެކޮޅަށް ހަމަލާދިން ތުހުމަތު ޔޫކްރޭނުން ދޮގުކޮށްފި

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 10:31

ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންގެ ގެކޮޅަށް ޑްރޯން ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތު ޔޫކްރޭނުން ދޮގުކޮށްފި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޯވް ވިދާޅުވީ، ރަޝިޔާގެ ނޮވްގޮރޯޑް ސަރަހައްދުގައި ހުންނަ ޕުޓިންގެ ގެކޮޅަށް 91 ޑްރޯން ހަމަލާ އަމާޒު ކޮށްފައިވާ ކަމަށެވެ.

އެ ހުރިހާ ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައި ވިޔަސް، ލެވްރޯވް ވަނީ ޔޫކްރޭނުން ދޭން އުޅުނު މި ހަމަލާ، ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

މައުޟޫޢުތަށް