ބޭސް ނުލިބޭ މައްސަލައަށް ލުޔެއް ލިބޭތަން އެބަ ފެނޭ: މިނިސްޓަރު

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 10:16

އެއްކޮށް ހައްލު ނުވި ނަމަވެސް ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެފައިވާ މައްސަލަ އަށް މިހާރު ލުއި ލިބެމުން އަންނަ ތަން ފެނިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ބޭސްތައް ލިބުން އުނދަގޫވެފައިވާ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އައިސް ކޮންމެވެސް ވަރެއްގެ ލުޔެއް މިހާރު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ދޫކުރުމުގެ ކަންކަން "އިސްލާހު" ކުރަން ފެށުމުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދަތިތަކެއް ކުރިމަތިވި އެވެ. އެކަން ހައްލު ކުރަން އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދު މިހާރު އިތުރު ކުރުމުން ކުރިއަށް ވުރެ ބޮޑަށް ލުޔެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް