ވިޖޭ އާއި ރަޝްމިކާގެ ކައިވެނި ފެބްރުއަރީ 26 ގައި

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 10:46

ތެލޫގޫ ސިނަމާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ އަންނަ އަހަރު ފެބްރުއަރީ 26 ގައި ކައިވެނިކުރަން ނިންމައިފި އެވެ.

ވިޖޭ އާއި ރަޝްމިކާއާ ގާތް މީހަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ އެ ދެމީހުންގެ ކައިވެނީގެ ހަފުލާ ބާއްވަނީ އިންޑިއާގެ އުދެއިޕޫރުގައި އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެއީ ޑެސްޓިނޭޝަން ވެޑިންއެއް ކަމަށާއި ހަފުލާ ބާއްވާނެ ތަނާ އެއްޗެހި މިހާރު ފައިނަލް ކޮށްފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ.

އެ ހަފުލާގައި ބައިވެރިވާނީ އެ ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިން އެކަނި ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

މައުޟޫޢުތަށް