ތުޅާދޫގެ 100 ހައުސިން ޔުނިޓު ދޫކުރާނެ އުސޫލެއް މިނިސްޓްރީން ހަދައިފި
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 1:04
ބ. ތުޅާދޫގައި މައްސަލަ ބޮޑުވެ، ދޫނުކުރެވި ދިގުލައިގެންދާ ފްލެޓުތައް ދޭނެ އުސޫލެއް ހަދައިފި އެވެ.
ހައުސިން މިނިސްޓްރީން މިިދިޔަ ބުދަ ދުވަހު އާއްމުކުރި އުސޫލުގައި ބުނީ 100 ހައުސިން ޔުނިޓު ދޫކުރާނީ ތުޅާދޫގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ވެފައިވާ މީހުންނަށް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި 600 އަކަފޫޓަށް ވުރެ ބޮޑު ތަނެއް ނެތުން ނޫނީ އެ ތަން ދޫކޮށްލަން އެއްބަސްވުމާއި މަސް ދުވަހަށް ޖެހޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑު ނުވުމަކީ ވެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ޝަރުތެކެވެ.
ހައުސިން ޔުނިޓަށް އެދެން ޖެހޭނީ އެކަމަށް ހުޅުވާލުމުން، ހިޔާވެހި ޕޯޓަލް އިންނެވެ.