ބަނގުރާ ގެންގުޅޭ މައްސަލައެއްގައި ހަ ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކުރަނީ

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 11:56

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރުމުގެ ތުހުމަތުގައި މާލެއިން ހަ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ މާފަންނުގައި ހުންނަ ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެެ.

މައުޟޫޢުތަށް