ބީއެމްއެލްއިން "ސްވައިޕް"ގެ ބީޓާ ޓެސްޓިން ފަށައިފި
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 1:06
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓު "ސްވައިޕް" ގެ ބީޓާ ޓެސްޓިންގެ މަރުހަލާ ފަށައިފި އެވެ.
އެ ބޭންކުން މިއަދު ބުނީ "ސްވައިޕް"ގެ ބީޓާ ޓެސްޓިން މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ "ސްވައިޕް"ގެ ހިދުމަތް އާއްމުކޮށް ހުޅުވައިލުމުގެ ކުރިން، އެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރާ މުހިންމު ޓެސްޓިންއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ވޮލެޓް "ސްވައިޕް" އަށް ވިޔަފާރިތައް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.