ބޫޓާން ކުޅުންތެރިޔަކު ދުނިޔޭގެ ކްރިކެޓް ރެކޯޑެއް ހަދައިފި

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 11:51

ބައިނަލްއަގްވާމީ ޓީޓްވެންޓީ ކްރިކެޓް މެޗެއްގައި 8 ވިކެޓް ނަގައި، ބޫޓާނުގެ ސޯނަމް ޔެޝޭ ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

މިޔަންމާ އަތުން ބޫޓާން މޮޅުވި މެޗުގައި އޭނާ 8 ވިކެޓް ނެގީ ހަތަރު އޯވަރުގެ ތެރޭގައި ހަތް ލަނޑަށެވެ.

މީގެ ކުރިން ފިރިހެނުންގެ ރެކޯޑް އޮންނަނީ ޗައިނާއާ ދެކޮޅަށް ހަތް ވިކެޓް ނެގި މެލޭޝިއާގެ ސައިޒްރުލް އިދްރުސް އަތުގަ އެވެ. އަންހެނުންގެ ރެކޯޑް އޮންނަނީ މޮންގޯލިއާއާ ދެކޮޅަށް އެ އަދަދަށް ވިކެޓް ނެގި އިންޑޮނީޝިއާގެ ރޮހްމަލިއާ އަތުގަ އެވެ.

މައުޟޫޢުތަށް