ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީއަށް މައްސަލައެއް ފޮނުވައިފި

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 1:15

ކުށްކުރާ ގުރޫޕެއް، ގާނޫނުގައި ބުނާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އޮގަސްޓްމަހު ތަސްދީގޮށް އަމަލުކުރަން ފެށި، "ގޭންގު ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގައިވާ ގޮތުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އަކީ ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު، ފޮނުއްވަން ޖެހޭނީ އެ ގާނޫނުގައިވާ ގޮތުން ހައި ކޯޓަށެވެ. ކުށްކުރާ އެ ގްރޫޕަކީ، ގޭންގެއް ކަމަށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.

މައުޟޫޢުތަށް