މަންޑޭގެ މައްޗަށް އަދަބު ކަނޑައެޅުން މާދަމާ
މިހާރު
30 ޑިސެމްބަރު 2025 | އަންގާރަ | 3:02
މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާކުރި ފުރަތަމަ މައްސަލަ.
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާތައް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އަދަބު ކަނޑައެޅުން މާދަމާ އަށް ފަސްކޮށްފި އެވެ.
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން ފައިސާ ނެގި މައްސަލާގައި 104 ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ކުރި އެވެ. އެގޮތުން ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރިއިރު، އެއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެހާ ގިނަ ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.