ހިރިމަރަދޫ މީހުން ކައުންސިލް އިންތިހާބުގައި ވޯޓުލާނީ ހަނިމާދޫ ކައުންސިލަށް ކަމަށް ރައީސް ކަނޑައަޅުއްވައިފި

މިހާރު

30 ޑިސެމްބަރު 2025 | އަންގާރަ | 1:28

އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ.

އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދު އަށް ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރަން ނިންމަވައި ރައީސް އެކަން އިއުލާން ކުރެއްވީ މިދިޔަ އޯގަސްޓް މަހު އެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްލާހު ކުރި ލިސްޓަށް އަމަލުކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.

މައުޟޫޢުތަށް